Jump to content
Wikimedia Meta-Wiki

ސްޓިވާރޑުން

From Meta, a Wikimedia project coordination wiki
This page is a translated version of the page Stewards and the translation is 88% complete.
Outdated translations are marked like this.
Other languages:
For legal and security reasons, the Wikimedia Foundation requires two-factor authentication for this role. This is also enforced by the software (users who don't have 2FA enabled will not be able to use their permissions).

Stewards are a global group of users who have complete access to the wiki interface on all public Wikimedia wikis. They have the technical ability to modify all local and global user rights, change the status and name of global accounts, and access any of the permissions available to administrators and bureaucrats. The use of steward rights is restricted by policy; stewards will not use their technical access when there are local users who can use that access, except in emergencies. This enables them to act as administrators and bureaucrats on projects without any local administrators or bureaucrats.

ސްޓިވާރޑްސް އަކީ ގްލޯބަލް ވިކިމީޑިއާ ކޮމިއުނިޓީއިން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ބާއްވާ ސްޓިވާޑް އިންތިޚާބުތަކުން ހޮވާ ބައެކެވެ. ސްޓެވާރޑްސް އަކީ ވޮލަންޓިއަރުން، މާނައަކީ އެމީހުން ވިކިމީޑިއާ ފައުންޑޭޝަނަށް މަސައްކަތެއް ނުކުރެއެވެ. ސްޓިވާރޑްސް އަކީ ވެސް އާބިޓްރޭޓަރުން ނުވަތަ މީޑިއޭޓަރުން ނެއް ނޫނެވެ؛ ކުޑަ ޕްރޮޖެކްޓެއްގައި އުފެދިފައިވާ ދެބަސްވުމެއް ހައްލުކުރުމަށް، ލޯކަލް ރިޒޮލިއުޝަން މަސައްކަތް ކޮށް، ލޯކަލް ރިޒޮލިއުޝަން ހާސިލް ނުކުރެވޭނަމަ މެޓާ-ވިކިގެ ކޮމެންޓަށް އެދި ފައިލް ކުރާށެވެ.

މިހާރު މުޅިއަކު 40 ސްޓިވާރޑުން އެބަ ތިއްބެވެ.

ތާރީޚް

ސްޓިވާރޓް ގުރޫޕޫ އުފެދިފައިވަނީ 2004 ވަނަ އަހަރު ސޮފްޓްވެއާ ޑެވެލޮޕްމެންޓާއި ސިސްޓަމް އެޑްމިނިސްޓްރޭޝަނުން ޔޫޒާ ރައިޓްސް މެނޭޖްމެންޓް ވަކިކުރުމަށެވެ. ސްޓިވާރޑުންނަށް އެންމެ ފުރަތަމަ ހަމައެކަނި ލިބިފައިވާ ހައްގަކީ ހުރިހަ ޔޫޒާ ރައިޓެއް މެޓަ ވިކީ މެދުވެރިކޮށް ބަދަލުކުރުމެވެ. ސްޓިވާރޑް ގުރޫޕު އުފެދުމުގެ ކުރިން ބިއުރޯކްރެޓުން ނެތް އިކީތަކުގައި ޔޫޒާ ރައިޓްސް ބަދަލުކުރަން ޑެވެލޮޕާއެއް ބޭނުންވެއެވެ.

2008 ވަނަ އަހަރު ސެންޓްރަލްއޯތު އެކްސްޓެންޝަން އުފެދުމަށްފަހު ގްލޯބަލް އެކައުންޓް މެނޭޖް ކުރުމުގެ ޒިންމާއާއި ސްޓިވާރޑުން ހަވާލުވިއެވެ. އަދި 2015 ވަނަ އަހަރު ސިންގަލް-ޔޫޒާ ފައިނަލައިޒޭޝަން ނިމުމަށްފަހު ގްލޯބަލް އެކައުންޓުތަކުގެ ނަން ބަދަލުކުރުމުގެ ޒިނަމާއާއި ސްޓިވާރޑުން ހަވާލުވިއެވެ. މިޒިންމާ އަދާކުރަނީ ގްލޯބަލް ރީނޭމާރސްއާއި އެކުގައެވެ.

އެންމެ ފުރަތަމަ އިންތިހާބު ބޭއްވުނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އިންތިހާބު ބޭއްވިގެން ދިޔައެވެ. އެންމެ ފަހުން ދެ އިންތިހާބު އެއްއަހަރަކު އޮތީ 2011 ވަނަ އަހަރުއެވެ.

މެމްބަރަކަށްވުން

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ސްޓިވާރޑުންގެ އިންތިހާބު ތައް ބާއްވާއިރު، ފެބްރުއަރީ މަހު ތިން ހަފްތާއަށް ވޯޓުލުން ކުރިއަށް ދެއެވެ. ސްޓިވާޑުކަމަށް ކުރިމަތިލާާ ކެންޑިޑޭޓުން އެކައުންޓު އެކްޓިވިޓީ ގެ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމައެވެ. އޭގެ ތެރޭގައި މަދުވެގެން ތިން މަސް ދުވަސް ވަންދެން ވިކިމީޑިއާ ގެ އެއް ވިކީގައި އެޑްމިނިސްޓްރޭޓަރުގެ މަގާމު އަދާކުރުމާއި، 600 އެޑިޓް ހަދާފައި ވުމާއި، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 50 އެޑިޓް ހަދާފައި ވާންޖެހޭނެއެވެ. ކެންޑިޑޭޓުން ހޮވަނީ ވޯޓަކުން ނެވެ. 80% ތާއީދު ބޭނުންވާއިރު މަދުވެގެން 30 ތާއީދު ވޯޓު ހޯދަން ޖެހެއެވެ. ސްޓީވާޑް ރައިޓްސް ހިފެހެއްޓޭނެ މެމްބަރުންގެ އަދަދާއި، ކޮންމެ އިންތިހާބީ ދައުރެއްގައި ވެސް ސްޓިވާޑުކަމަށް ހޮވޭ މެމްބަރުންގެ އަދަދުގައި ވަކި ލިމިޓެއް ނޯވެ އެވެ. ސްޓެވާޑްސް އަށް ސިއްރު މައުލޫމާތުތައް އެކްސެސް ކޮށް، ކަފިކަފިވެފައިވާ ޑޭޓާއަށް އެކްސެސް ވެވޭނެތީ، ސްޓެވާޑްސް އަށް ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭނެއެވެ.

ކަށަވަރުކުރުން

މިހާރު ތިބި ސްޓިވާޑްސް އަކީ ކޮންމެ އަހަރަކު ވެސް އިންތިހާބުތަކާ އެއް ހަމައެއްގައި ކޮންފާމްވާ ސްޓެވާޑްސް އެކެވެ. މި ކޮންފަމޭޝަންތަކުގެ ފުރަތަމަ މަރުހަލާއަކީ ކޮމިއުނިޓީ ކޮމެންޓް ޕީރިއަޑެއް ކަމަށްވާއިރު، މިހާރު ގެ އެއްވެސް ސްޓިވާޑަކާއި އެއްކޮޅަށް ކޮމެންޓް ކުރުމުގެ ނުވަތަ ދެކޮޅަށް ކޮމެންޓް ކުރުމުގެ މިނިވަންކަން ހުރިހާ ފަރާާތަކައްވެސް ލިބިގެންވެއެވެ. މި ކޮމެންޓްތައް އަމާޒުކުރަންވާނީ، ސްޓިވާރޑް ހުއްދަތައް ބޭނުންކުރުމުގައި، ނުވަތަ ސްޓިވާރޑް ކަމާބެހޭ އެހެން ކަންތައްތަކަށް ރިޢާޔަތްކޮށް، އެހުއްދަތައް ހިފެހެއްޓުމަށް ނުވަތަ ގެއްލުވާލުމަށެވެ. ކޮމިއުނިޓީ ކޮމެންޓް ޕީރިއަޑް ބަންދުކުރުމަށްފަހު، ހުރިހާ އާ އަދި މިހާރު ތިބި ސްޓިވާރޑުން ނަތީޖާއާ މެދު މަޝްވަރާކުރާނެއެވެ. ސްޓިވާޑުކަމުން ވަކިކުރެވޭނީ މިމަޝްވަރާތަކުގައި އެހެން ސްޓިވާޑްތަކުގެ އަޣުލަބިއްޔަތުން މަގާމުން ދުރުކުރުމަށް ވޯޓު ދީފިނަމައެވެ.

ސްޓިވާރޑްސްކަމުން ވަކިކުރުން

ސްޓިވާރޑްސްގެ ތެރެއިން ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެއްވެސް އަމަލެއް ކޮށްފައި ނުވާ، އަދި މިދިޔަ އަހަރުގެ ތެރޭގައި 10 ފިޅަވަޅަށްވުރެ މަދުން ފިޔަވަޅު އަޅާފައި ވާނަމަ، އޮޓޮމެޓިކުން ސްޓިވާރޑްސްގެ މަގާމުން ވަކިކުރެވޭނެއެވެ.

އެކްސެސް

ސްޓިވާރޑުންގެ މައިގަނޑު ޒިންމާއަކީ ތިރީގައި ބަޔާންކުރެވިފައިވާ ޓެކްނިކަލް ކަންތައް ކުރުމެވެ.

ގްލޯބަލް އެކައުންޓް މެނޭޖްމެންޓް
  • ގްލޯބަލް އެކައުންޓްތައް ލޮކްކޮށް އަންލޮކްކުރުން
  • ގްލޯބަލް އެކައުންޓްތައް ފޮރުވާ ސަޕްރެސްކުރުން
  • ގްލޯބަލް އެކައުންޓްތަކާއި ލޯކަލް އަންއަޓޭޗްޑް އެކައުންޓްތަކުގެ ނަން ބަދަލުކުރުން
  • އައި.ޕީ އެޑްރެސްތައް ގްލޯބަލީ ބްލޮކްކޮށް އަންބްލޮކްކުރުން
  • login.wikimedia.orgގައި ޗެކްޔޫޒާ އާލާތް ބޭނުންކުރުން (ސްޓެޓިސްޓިކްސް)
ޔޫޒާ ރައިޓްސް މެނޭޖްމެންޓް
  • ކޮންމެ ވިކިމީޑިއާ ވިކީއެއްގައި ކޮންމެ އެކައުންޓެއްގެ ޔޫޒާ ރައިޓްސް ބަދަލުކުރުން
    • ބިއުރޯކްރެޓުން ނެތް ވިކީތަކުގައި ބޮޓް، އެޑްމިނިސްޓްރޭޓަރ، އިންޓަފޭސް އެޑްމިނިސްޓްރޭޓަރ އަދި ބިއުރޯކްރެޓް ހައްގުތައް ދިނުން
    • ޗެކްޔޫޒާ، އޯވަސައިޓް އަދި އިމްޕޯޓް ހައްގުތައް ދެވެނީ ހަމައެކަނި ސްޓިވާޑުންނަށް
  • ގްލޯބަލް ޔޫޒާ ރައިޓްސް ހަވާލުކުރުމާއި ވަކިކުރުން
  • ގްލޯބަލް ގުރޫޕު ހުއްދައާއި ވިކީސެޓްސް ބެލެހެއްޓުން
އެހެނިހެން
  • Approve, disable, and suppress OAuth application requests
  • Use any administrator, CheckUser, or oversighter access on wikis without local users in those permissions groups
  • Respond to VRT tickets in the stewards' queue, or any of the information queues
  • Delete pages with greater than 5,000 revisions
  • Create and edit global abusefilters

ސްޓިވާރޑުންގެ ޒިންމާތަކުގެ ތެރޭގައި ތިރީގައި ބަޔާންކުރެވިފައިވާ ޓެކްނިކަލްނޫން ކަންތައްވެސް ހުރެއެވެ.

  • ގްލޯބަލް ކޮމިއުނިޓީ ބޭން ރިކުއެސްޓްތައް ބަންދުކޮށް ތަންފީޛު ކުރުން
  • ބައެއް ވިކީ ތަކުގެ އާބިޓްރޭޝަން ކޮމިޓީ އިންތިހާބުތައް ބަލާ މީހުންގެ ގޮތުގައި މަސައްކަތްކުރުން
  • ވިކިމީޑިއާ ފައުންޑޭޝަނުގެ ސްޓާފުންނާއި ކޮމިއުނިޓީއާއި ދެމެދު އޮންނަ އެންމެ ފުރަތަމަ ގުޅުން

ސިޔާސަތުތައް

ސްޓިވާރޑްސް އަކީ އެމީހުންގެ ހުއްދަތައް ބޭނުންކުރާއިރު ކަނޑައެޅިފައިވާ މުޖުތަމަޢުގެ އުސޫލުތަކަށް ތަބާވާން ޖެހޭ، އަދި އުސޫލުތައް ނެތް ތަނެއްގައި، އޭގެ ބަދަލުގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ތަބާވާންޖެހޭ ބައެކެވެ.

ލޯކަލް އެޑްމިނިސްޓްރޭޓަރުން ނުވަތަ ބިއުރޯކްރެޓުން އުޅޭ ވިކީތަކުގައި، ސްޓިވާޑްސް އާންމު ގޮތެއްގައި އިމަޖެންސީ ހާލަތުގައި ނޫނީ އެމީހުންގެ އެކްސެސް ބޭނުން ނުކުރާނެ އެވެ. ކްރޮސް-ވިކި އެކްޝަންސް ޕޮލިސީގައި ކޮންމެވެސް ވަރެއްގެ ލީވޭއެއް އޮތް ނަމަވެސް މިއީ ވަރަށް މަދުން ނޫނީ އެޕްލައި ކުރެވޭ ކަމެއް ނޫނެވެ.

ލޯކަލް ކޮމިއުނިޓީ މެމްބަރެއްގެ ގޮތުގައި ސްޓިވާރޑުން އުޅޭ ވިކީތަކުގައި ޔޫޒާ ރައިޓްސް ބަދަލެއް ނުކުރާނެއެވެ. މިކަމުގެ ސަބަބުން ގްލޯބަލް ސްކޯޕްގެ ގޮތުގައި ސްޓިވާޑް ރޯލު ދަމަހައްޓައި، އެމީހުންގެ ހޯމް ޕްރޮޖެކްޓްތަކުގެ ސުޕަ-ޔޫޒަރުންގެ ގޮތުގައި ވުމަށް ހުރަސް އެދެއެވެ. ބިގްޑިލީޓް ހުއްދަ ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ މުރާޖައާ ހިމެނޭ ޕޭޖުތައް ޑިލީޓްކުރުން ފަދަ، ލޯކަލް ޔޫޒަރުން ގެ އަތުގައި ނުހިފެހެއްޓި، އަދި ބޭނުން ކުރަން ޖަދަލު ނުކުރާ ބައެއް ހުއްދަތައް އަދިވެސް ސްޓިވާޑްސް އިން އެމީހުންގެ ހޯމް ޕްރޮޖެކްޓްތަކުގައި ބޭނުން ކުރެއެވެ.

ސްޓިވާރޑްސް އަކީ އެއްވެސް އިރެއްގައި ފިޔަވަޅެއް އަޅަން މަޖުބޫރުވާ ބައެއް ނޫނެވެ. ވޮލަންޓިއަރުންގެ ހައިސިއްޔަތުން އަބަދުވެސް ރިކުއެސްޓެއް ހޭންޑްލް ކުރުމަށް ޕާސަނަލީ އެކަހެރިވެވިދާނެ އެވެ. އަދި ސްޓުވާޑް ރައިޓްސްގެ ބޭނުން ސިޔާސަތާ އެއްގޮތްވާ ހާ ހިނދަކު، އެ ހައްގުތައް ދެމެހެއްޓުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އެ މީހުންނަށް އޮވެ އެވެ.

މުއާސަލާތުކުރުން

ސްޓިވާރޑުންނާއި މުއާމަލާތުކުރެވޭނެ ބައިވަރު ގޮތްތައް އެބަހުއްޓެވެ. އެއީ ވަކިވަކިން ނުވަތަ ގުރޫޕެއްގެ ގޮތުގައި:

ސްޓިވާރޑުންގެ އަމިއްލަ ބޭނުމަށްޓަކައި މެއިލިންގް ލިސްޓަކާއި (Stewards-l) ވިކީއެއް (steward.wikimedia.org) ގެންގުޅެއެވެ.

ސްޓިވާޑުންގެ ގޮތުގައި ހަރަކާތްތެރިވާ މެންބަރުންގެ ލިސްޓު

Stewards at Steward Conference 2025 in Amsterdam

(追記) (追記ここまで) Last update: 2026年07月09日; total number of stewards: 40

ނަން +/- އައި.އާރް.ސީ. ވަނަން ވާހަކަދައްކާ ބަހުރުވަތައް ހަރަކާތްތެރިވާންފެށީ
1234qwer1234qwer4 ru-N, de-4, en-3, la-1 2025年02月27日
A09 sl-N, en-3, de-1, it-1, la-1, sh-1 2026年02月27日
Alaa (علاء) Alaa ar-N, en-4, he-1, es-1 2018年02月28日
Ajraddatz Ajraddatz (discord) en-N, fr-3 2024年02月27日
Albertoleoncio pt-N, en-3 2024年02月27日
AmandaNP en-N, fr-3 2026年02月27日
AntiCompositeNumber AntiComposite en-N, fr-2 2022年02月26日
AramilFeraxa AramilFeraxa pl-N, en-3, de-1 2025年02月27日
Barras Barras de-N, en-4, fr-1 2026年02月27日
Base Base uk-N, ru-4, en-2 2019年02月28日
Bsadowski1 Bsadowski1 en-N 2011年02月28日
Count Count CountCount de-N, en-3 2026年02月27日
DerHexer DerHexer de-N, en-3, grc-3, la-3, es-1 2007年12月21日
Daniuu nl-N, en-4, fr-2, de-2, la-2 2025年02月27日
Elton Elton pt-N, en-2, es-1 2017年02月28日
EPIC EP1C sv-N, en-4, no-2, de-1, ja-0.5 2024年02月27日
HakanIST HakanIST tr-N, en-4, az-3, es-2, de-1 2017年02月28日
Hoo man hoo de-N, en-3, it-1, fr-1 2014年02月28日
Johannnes89 de-N, en-4 2024年02月27日
Jon Kolbert kolbert en-N, fr-4, de-2 2019年02月28日
KonstantinaG07 el-N, en-4, fr-2 2025年02月27日
M7 it-N, en-3, can read: fr, es, de- 2026年02月27日
MarcGarver en-N, fr-2, it-2, es-1 2013年02月28日
Martin Urbanec Urbanecm cs-N, en-3 2020年02月28日
Masti masti pl-N, en-4, de-3, ru-2, several -1 2016年02月28日
MdsShakil MdsShakil bn-N, en-3, as-1, bpy-1 2025年02月27日
Melos it-N, en-3, scn-4, es-1, la-1 2024年02月27日
Mykola7 Mykola7 uk-N, ru-4, en-2, pl-1, de-1 2023年02月26日
RadiX RadiX pt-N, en-3, es-2, fr-2, it-2, gl-1, (sk, sq, ms, hi)-0.5 2015年02月28日
Sakretsu Sakretsu it-N, en-3, ja-2 2020年02月28日
Schniggendiller Schniggendiller de-N, en-3 2019年02月28日
SHB2000 SHB2000 en-N, fr-1 2026年02月27日
Sotiale Sotiale ko-N, en-2, ja-2 (reading), ja-1 (writing), bi-1, tpi-0.5, eo-1 2020年02月28日
Tegel Tegel sv-N, en-3, da-1 (read), no-1 (read) 2012年02月28日
Teles Teles pt-N, en-3, es-2 2026年02月27日
Vermont Vermont en-N, ru-2, es-1 2022年02月26日
VIGNERON fr-N, en-3, br-2, de-2, etc. 2026年02月27日
xaosflux xaosflux en-N, es-1, de-1 2023年02月26日
XXBlackburnXx xxb nl-N, en-4, de-1, fr-1 2025年02月27日
Yahya Yahya bn-N, en-3, as-2, bpy-2 2024年02月27日

ޗާޓު

އިތުރައް ބައްލަވާ

Wikimedia Commons has more media related to:

މެޓަގައިވާ ސްޓިވާރޑް ލޮގުތައް

Local
groups
On Meta
Without global effects
With global effects
On some wikis
On one wiki
(except Meta)
On all wikis
Historical groups
Global
groups
Links in italic are separate account statuses that are not assigned through user groups.
See also: Wikimedia user groups

AltStyle によって変換されたページ (->オリジナル) /